ފިލައިގެން އުޅޭ 6 ބިދޭސީއަކު އަތުލައިގެންފި

Sat, 21 Sep 2024 05:54 AM

View on this article on adduLive

ފިލައިގެން އުޅޭ 6 ބިދޭސީއަކު އަތުލައިގެންފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފިލައިގެން އުޅޭ 6 ބިދޭސީއަކު އަތުލައިގެންފި އެވެ.



އިމިގްރޭޝަނުން ބުނީ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، ހ. ކަޅުހުރާގެ ބަލައި ފާސްކޮށްފައިވާ ކަމަށާއި މިތަނަކީ ވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ކަމަށެވެ.

މިތަނުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މީގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 6 ބިދޭސީއަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

The post ފިލައިގެން އުޅޭ 6 ބިދޭސީއަކު އަތުލައިގެންފި appeared first on adduLIVE.



More from adduLive