އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނި މީހުން ބަންދުކޮށްފި

Sat, 21 Sep 2024 05:52 AM

View on this article on adduLive

އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނި މީހުން ބަންދުކޮށްފި

ވަޅިން ބިރުދައްކާ ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ފޭރުނު ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.



އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތާއި ހަމަ އެ ރަށުގެ ޑެލައިޓްފޭސް ގެޔަށް ނިސްބަތްވާ މުހައްމަދު ސާލިމް އެވެ. މި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ލާރި ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީގެން، އެ ދެ ބިދޭސީ މީހުންގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިވާ ކަމަށެވެ.

އެ ދެ މީހުން އަތުލައިގަތް ފައިސާ ވެސް ހޯދައިފައިވާ ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

The post އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނި މީހުން ބަންދުކޮށްފި appeared first on adduLIVE.



More from adduLive