"އޮޕަރޭޝަން ބްލޫ ޓައިޑް" ފަށައިފި

Fri, 19 Apr 2024 05:48 PM

View on this article on adduLive

"އޮޕަރޭޝަން ބްލޫ ޓައިޑް" ފަށައިފި

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އޮޕަރޭޝަން ބްލޫ ޓައިޑް"ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި އެވެ.



އިއްޔެ މި އޮޕަރޭޝަން ފައްޓަވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.

އެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ އިންތިޚާބު ތެރޭގައި ފުލުހުންނާ މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ މި އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާ އެކީ، ވޯޓްލާން އަންނަ މީހުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައި، އެގޮތުގައި އިންތިޚާބުގެ ކަންކަން ނިމިގެންދާނެ ކަމަށް އުއްމީދު ވެސް ކުރައްވާ ކަމަށެވެ.

"ބްލޫ ޓައިޑް"ގެ އޮޕަރޭޝަން ކޮމާންޑަރ،ު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކްސަސައިޒްތަކުން ދަސްވި ކަންކަމާއި ފާހަގަކުރެވުނު ކަންކަން ރަނގަޅުކޮށް، މަސައްކަތްކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.

"ބްލޫ ޓައިޑް" އަކީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ އޮޕަރޭޝަނެކެވެ. އެގޮތުން ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތި ވެސް ކޮށްފަ އެވެ.

The post "އޮޕަރޭޝަން ބްލޫ ޓައިޑް" ފަށައިފި appeared first on adduLIVE.



More from adduLive