ޑރ. ރަމްޝާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

Thu, 02 May 2024 09:43 PM

View on this article on adduLive

ޑރ. ރަމްޝާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑރ. އައިމިނަތު ރަމްޝާ ނިޔާވުމާ ގުޅިގެން އެ އާއިލާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.



ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމްޝާ ނިޔާވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް އަދި ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި އެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ. އާމީން،" ރައީސް ވިދާޅުވި އެވެ.

ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ. ރަމްޝާ ކެންސަރު ޖެހިފައިވާކަން 2020 ވަނަ އަހަރު އެނގުމާއެކު ތައިލޭންޑަށް ދިރިއުޅުން ބަދަލުކުރައްވައި، ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

ކެންސާ ސޮސައިޓީގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެެސް ހުންނެވި ޑރ. ރަމްޝާ ވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވާފަ އެވެ. އަދި ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.

The post ޑރ. ރަމްޝާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ appeared first on adduLIVE.



More from adduLive