މަތީ ތައުލީމް ހާސިލްކުރަން ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 1،700 ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ލޯން ސްކީމަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. މި ފުރުސަތު މިއަދު ހަމަވިއިރު 1،709 ދަރިވަރުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
މިއަހަރު ސްޓޫޑެންޓް ލޯނަށް ވަނީ 500 ފުރުސަތު ހުޅުވާލާފަ އެވެ.
ސަރުކާރުން ވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު މިފަހަރު ދިނުމަށް ނިންމާފަ އެވެ.
The post ސްޓޫޑެންޓް ލޯނަށް އެދި 1،709 ފޯމު appeared first on adduLIVE.