ގާސިމްގެ "ފަން އައިލޭންޑް" އަލުން ތަރައްގީ ކުރަނީ

Thu, 02 May 2024 09:15 PM

View on this article on adduLive

ގާސިމްގެ "ފަން އައިލޭންޑް" އަލުން ތަރައްގީ ކުރަނީ

ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ގާސިމް އިބްރާހީމްގެ "ފަން އައިލޭންޑް" އަލުން ތަރައްގީ ކުރަން ނިންމައިފި އެވެ.



މި ޒަމާނަށް ފެތޭ ގޮތަށް އެ ރިސޯޓް އަލުން ތަރައްގީ ކުރަން ހިންގާ މަޝްރޫއަށް 58 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.59 މިލިއަން ޑޮލަރު (900 މިލިއަނެއްހާ ރުފިޔާ) ހަރަދުކުރާނެ އެވެ.

ކ. ބޮޑުފިނޮޅުގައި ތަރައްގީކޮށްފައިވާ "ފަން އައިލޭންޑް" ވިލާ ރިސޯޓްސް އިން ހުޅުވީ 1986 ގަ އެވެ. ކޮވިޑް ތެރޭގައި 2020 ބަންދުކުރި ގޮތަށް އެ ރިސޯޓް އޮތީ ހުއްޓާލައިފަ އެވެ. "ފަން އައިލޭންޑް" ތަރައްގީކުރަން ވިލާ އިން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅާފައިވާ އީއައިއޭގައިވާ ގޮތުން އެ ރިސޯޓުގެ "ރެނޮވޭޝަން އެންޑް އަޕްގްރޭޑިން" މަޝްރޫއަށް ރިސޯޓު މަރާމަތުކުރުމުގެ މަސައްކަތް ކުރަނީ ތިން މަރުހަލަލާއަކަށް ބަހާލައިގެންނެވެ.

މިހާރު ހުށަހަޅާފައިވާ ވަނީ ފުރަތަމަ މަރުހަލާގައި ހިމެނޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ރިސޯޓުގެ ބެކް-އޮފް-ދަ-ހައުސް ފެސިލިޓީސްތަކުގެ ތެރޭގައި ހިމެނޭ ކުނި މެނޭޖުކުރާ ސެންޓަރާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓާއި ފިއުލް ޓޭންކުތައް ގާއިމުކުރުމާއި ކުރިން އިމާރާތްކޮށްފައި ހުރި ބައެއް ގެސްޓު ރޫމުތަކާއި އެތެރޭގެ ބައެއް އިމާރާތްތައް މަރާމާތުކުރުން ވެސް ހިމެނެ އެވެ.

ވިލާ އިން ބުނީ "ފަން އައިލޭންޑް" އަލުން ތަރައްގީކުރާ މައިގަނޑު ސަބަބަކީ މަތީފަންތީގެ ރިސޯޓަކަށް ރިސޯޓް ބަދަލުކޮށް ހިދުމަތްތައް ފުޅާކުރުމަށެވެ.

The post ގާސިމްގެ "ފަން އައިލޭންޑް" އަލުން ތަރައްގީ ކުރަނީ appeared first on adduLIVE.



More from adduLive