ނިއުމާގެ ޝުކުރު ޓެޑްރީ އަށް

Thu, 02 May 2024 09:29 PM

View on this article on adduLive

ނިއުމާގެ ޝުކުރު ޓެޑްރީ އަށް

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ލަސްވިޔަސް" އިން ދަރިފުޅު ޒޯޔާ ހަސަނަށް ދިން ފުރުސަތަށްޓަކައި ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އަށް ޝުކުރު އަދާކޮށް، ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.



މިދިޔަ މަހުގެ 12 ގައި ޕްރީމިއާކުރި ފިލްމުގައި ނިއުމާގެ ދަރިފުޅު ކުޅެފައި ވަނީ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަހުމަދު އީސަ އާނަންދު) އާއި ވާޝިޔާ މުހައްމަދުގެ ދަރިއެއްގެ ރޯލެވެ. އަދި އެ ރޯލަކީ ކެންސަރާ ހަނގުރާމަކުރަމުންދާ ކުއްޖެއްގެ ރޯލެވެ.

މިއީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ނިއުމާގެ ދަރިފުޅު ފިލްމެއްގައި މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގައި ނިއުމާ އާންމުކުރި ޕޯސްޓެއްގައި "ލަސްވިޔަސް" އަށް ތައުރީފުކޮށް ބުނެފައި ވަނީ ދަރިފުޅުގެ އެކްޓިން ވެސް ވަރަށް މޮޅު ކަމަށާއި ޓެޑްރީގެ މި ހާއްސަ ފިލްމުން ޒޯޔާ އަށް ފުރުސަތު ދިން ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

"ލަސްވިޔަސް" އަކީ 1994 ގައި ގެނެސްދިން "ދެރިޔާ" އަށް ފަހު ޓެޑްރީ ޑައިރެކްޓްކުރި ދެވަނަ ފީޗާ ފިލްމެވެ.

ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފަތިސްހަނދުވަރު" ގެ ބަތަލާ ނިއުމާ ބުނީ "ލަސްވިޔަސް" އަކީ އޭނަ އަށް މިހާތަނަށް ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށެވެ.

"ފިލްމުގެ ހުރިހާ ކާސްޓުންގެ އެކްޓިން ވެސް ވަރަށް ފުރިހަމަ،" ނިއުމާ ބުންޏެވެ. "…ޓެޑްރީ ސާގެ މި މަސައްކަތަށް ހަމަ ސާބަސް. މިއީ ސަތޭކައަކުން ސަތޭކަ ދޭން ވަރުގެ ފިލްމެއް."

The post ނިއުމާގެ ޝުކުރު ޓެޑްރީ އަށް appeared first on adduLIVE.



More from adduLive