ފަލަސްތީނު ރައްޔިތުން މާތްﷲ އަށް ކުރާ އިތުބާރަކީ އިބްރަތެއް

Fri, 29 Mar 2024 01:51 PM

View on this article on adduLive

ފަލަސްތީނު ރައްޔިތުން މާތްﷲ އަށް ކުރާ އިތުބާރަކީ އިބްރަތެއް

ފަލަސްތީނު ރައްޔިތުން ހަނގުރާމައިގައި ވެސް މާތްﷲ އަށް ކުރާ އިތުބާރަކީ އިބުރަތް ލިބިގަންނަންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.



ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަސްރުގެ މައްޗަށް އަލިއަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ މިއަދު ވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނަން އެބަހުރި ކަމަށެވެ.

"ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް އެބައިމީހުންގެ ހިތްވަރާ ޢަޒުމުގެ ވަރުގަދަކަން ދެކޭށެވެ. ހެއްދެވި ފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަންނާށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

"މުސްލިމުންގެ މޮޓޯ އަކީ ހަމަ އެއް މޮޓޯ އެކެވެ. މާތްﷲ މަގުގައި ޝަހީދުވުން، ނުވަތަ ނަސްރު ލިބުމެވެ"

ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އިސްލާމް ދީނުގެ އަގީދާ ހިތުގައި ވަރުގަދަ އަށް އަށަގެންފިނަމަ، އެމީހަކަށް ދެން ހުރިހާ ކަމެއް ފަސޭހަވާނޭކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ބަދުރު ހަނގުރާމާގައި ބަފައިން ދަރިންނާއި، ދަރިން ބަފައިންނާއި، އަޚުން އުޚްތުންނާއި، ގާތްތިމާގެ މީހުންނާއި އަދި ރަށްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރިކަން ފާހަގަކޮށްފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

The post ފަލަސްތީނު ރައްޔިތުން މާތްﷲ އަށް ކުރާ އިތުބާރަކީ އިބްރަތެއް appeared first on adduLIVE.



More from adduLive