ސްޕެއިންގެ ބޮޑުވަޒީރު ނިންމީ އިސްތިއުފާ ނުދޭން

Mon, 29 Apr 2024 05:46 PM

View on this article on adduLive

ސްޕެއިންގެ ބޮޑުވަޒީރު ނިންމީ އިސްތިއުފާ ނުދޭން

އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން މިދިޔަ ހަފުތާގައި އަމިއްލަ އަށް މަގާމުގެ މަސްއޫލިއްޔަތުތަކާ އެކަހެރެވިވެވަޑައިގަތް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯސް ސަންޗޭޒް މަގާމުގައި ދެމިހުންނަޗވަން ނިންމައިފި އެވެ.



އޭނަ މަގާމުގައި ދެމިހުންނެވުމާ ގޮތެއް ނިންމަވައި އެކަން މިއަދު އިއުލާން ކުރައްވާނެކަން ހާމަކުރެއްވީ މި މަހުގެ 24 ގަ އެވެ.

ބޮޑުވަޒީރު މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާ ނުދެއްވަން ނިންމަވާފައިވާ ކަމަށާއި އެގޮތަށް ނިންމެވީ ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.

ސަންޗޭޒް ވިދާޅުވެފައި ވަނީ އަނބިކަނބަލުން ބެގޯނާ ގޮމޭޒްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މި ފަހަކަށް އަައިސް ސިޔާސީ ގޮތުން އޭނަ ބަލިކޮށްލުމުގެ ގޮތުން އެންޓި-ކެމްޕޭން ހިންގައި، ފުރައްސާރަކޮށް، ޒާތީ ގޮތުން އަންހެނުންނާއި އާއިލާއާ ވެސް އެކި ފަރާތްތަކުން ދިމާކުރަމުންދާ ކަމަށެވެ. އަދި އަނބިކަނބަކުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ގުޅިގެން ވިދާޅުވީ ދައުވާތަކުން ބެގޯނާ ދިފާއުވެވަޑައިގަންނަވާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށާއި ޖުޑިޝަރީ އަށް އިތުރުބާރު ވެސް އެބައޮތް ކަމަށެވެ.

ސަންޗޭޒް ސްޕެއިންގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2018 ގަ އެވެ.

އަނބިކަނބަލުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނާ ގުޅޭ ދައުވާލަތުގެ ޕްރިލިމިނަރީ އިންކުއަރީ ފެށީ މި މަހުގެ 16 ގަ އެވެ. ބެގޯނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ގިނަ މައްސަލަތަކެއް ފެންމަތިކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ކްލީން ހޭންޑްސް" އިންނެވެ. ނަމަވެސް ދައުވާތަކާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބެގޯނާ އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އޭނަގެ ބައިވެރިވުން އޮންނަ ޕްރައިވެޓް ކުންފުނިތަކަށް ދައުލަތުގެ މާލިއްޔާ އިން ފައިސާ ހޯދައި ދިނުމާއި ކޮންޓްރެކްޓްތައް ނުފޫޒު ބޭނުންކޮށްގެން ހޯދައި ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ.

The post ސްޕެއިންގެ ބޮޑުވަޒީރު ނިންމީ އިސްތިއުފާ ނުދޭން appeared first on adduLIVE.



More from adduLive