ަރަންވީރަށް ހުރާފީ ފިލްމެއް

Mon, 29 Apr 2024 05:32 PM

View on this article on adduLive

ަރަންވީރަށް ހުރާފީ ފިލްމެއް

"ރަކްޝަސް" ކިޔާ ހުރާފީ ފިލްމަކަށް ރަންވީރު ސިންގް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ޕިންކްވިލާ އިން ބުނީ މި ފިލްމަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ޕްރަޝާންތު ވަރުމާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ މިދިޔަ ފެބްރުއަރީގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހީރޯ ފިލްމު "ހަނޫ-މޭން" ގެ ޑައިރެކްޓަރެވެ. އެންމެ 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ 330 ކްރޯޑް ރުޕީސް (40 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެވެ.

"ހަނޫ-މޭން" ގެ ކާމިޔާބީ އަށް ފަހު، އޭގެ ސީކްއެލްއެއް ވެސް ހަދަން އޮތީ އިއުލާންކޮށްފަ އެވެ.

ޕްރަޝާންތުގެ "ރަކްޝަސް" ރަންވީރާ އެކީ ހަދަން ނިންމާފައިވާ އިރު، އޭނަ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާ "ދިސް އިޒް މަހާލަކްޝްމީ" ވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ. ޕްރަޝާންތު ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2019 ގެ "ކަލްކީ" އާއި 2021 ގެ "ޒޮމްބީ ރެޑީ" ހިމެނެ އެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ރޯހިތު ޝެޓީ އޮގަސްޓްގައި ގެނެސްދޭ "ސިންގަމް އެގެއިން" އިންނެވެ.

ރަންވީރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ފަރުހާން އަޚްތަރުގެ "ޑޮން 3" އާއި ދެކުނުގެ ޑައިރެކްޓަރު ޝަންކަރްގެ އަދި ނަން ހާމަނުކުރާ ފިލްމެއް ހިމެނެ އެވެ.

The post ަރަންވީރަށް ހުރާފީ ފިލްމެއް appeared first on adduLIVE.



More from adduLive