އެމްޕީއެލާއި ޓާކިޝް އެއާލައިން އެއްބަސްވުމަކަށް

Fri, 29 Mar 2024 11:08 AM

View on this article on adduLive

އެމްޕީއެލާއި ޓާކިޝް އެއާލައިން އެއްބަސްވުމަކަށް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އަލަށް ފަށާ "ސީޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް" ގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި މޯލްޑިވްސް ޓާކިޝް އެއާލައިނާ އެކީ އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފި އެވެ.



އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ވެސް ހިއްސާވާ މި އެެއްބަސްވުމުގައި ސޮއިކުރީ ރޭ މީރުމާގައި ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިނުން ރާއްޖެ އަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެވެ.

އެމްޕީއެލް އިން ބުނީ ޓާކިޝް އެއާލައިންސާ އެކީ ސޮއިކުރީ "ސީޓު-އެއާ" ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށް ކަމަށެވެ. އަދި އެމްއޭސީއެލްއާއެކު ސޮއިކުރީ "ސީޓު-އެއާ" ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތްތަކަކީ އެމްޕީއެލްގެ އިތުރުން، ރާއްޖޭގެ އިޤްތިސާދަށް ވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.

The post އެމްޕީއެލާއި ޓާކިޝް އެއާލައިން އެއްބަސްވުމަކަށް appeared first on adduLIVE.



More from adduLive