މެރިއޮޓްގެ އޯޕަން ޑޭ އައްޑޫގައި ފަށައިފި

Mon, 29 Apr 2024 11:09 AM

View on this article on adduLive

މެރިއޮޓްގެ އޯޕަން ޑޭ އައްޑޫގައި ފަށައިފި

މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އިން މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގުރާމަށް ބައިވެރިން ހޯދަން މިއަދު އައްޑޫގައި އޯޕަން ޑޭ ފަށައިފި އެވެ.



މިއަދާއި މާދަމާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓް ކުރިއަށްް ދަނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެގޮތުން އޯޕަން ޑޭ މި މަހުގެ 29 އާއި 30 ގައި ބާއްވާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެއީ އެދެ ދުވަހު ވެސް އޯޕަން ޑޭ ކުރިއަށް ދާނޫީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ.

މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސްގެ މި އެޕްރެންޓިސް ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީގެ ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އަހަރު ބާއްވަނީ މީގެ ދެވަނަ ބުރެވެ.

މި އަހަރުގެ ބެޗްގައި މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް ރިސޯޓްތަކުގެ ހަތް ޕްރޮޕަޓީއަކުން 100 އަށް ވުރެ ގިނަ އެޕްރެންޓިސްޝިޕް ސްލޮޓް ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާ އިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ޒުވާނުންނަށް އެމްއެންއެސްޑީއޭ އިން އެމްއެންކިއުއެފް ލެވެލް 3ގެ ނެޝަނަލް ސެޓްފިކެޓް ލިބޭނެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.

މެރިއޮޓްގެ އެޕްރެންޓިސްގެ އަހަރުގެ ބެޗަށް ވެސް ބައިވެރިން ހޯދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޕަން ޑޭތަކެއް ބާއްވައިގެންނެވެ. އޭގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި، ޅ. ނައިފަރު، ބ. އޭދަފުށި އަދި ހއ. ދިއްދޫ ހިމެނެ އެވެ.

The post މެރިއޮޓްގެ އޯޕަން ޑޭ އައްޑޫގައި ފަށައިފި appeared first on adduLIVE.



More from adduLive