އަންހެން ފުލުހުންގެ ދައުރު ބޮޑުކުރާނެ: ސީޕީ

Mon, 29 Apr 2024 11:31 AM

View on this article on adduLive

އަންހެން ފުލުހުންގެ ދައުރު ބޮޑުކުރާނެ: ސީޕީ

ދިވެހި ފުލުހުންގެ ތެރޭގައި އަންހެން ފުލުހުންގެ ދައުރު މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް އިތުރު ކުރަން ޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.



"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާހު ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބިފައިވާކަން ޔަގީން ކުރުމަކީ ވެސް މި ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ.

އެހެންވެ އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ފުލުހުންގެ ދާއިރާ އުން ކުރެވެން ހުރ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ސީޕީ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފުލުހުންގެ ތެރޭގައި މިހާރު އަންހެން މުވައްޒަގުންގެ ހިއްސާ އަކީ އެންމެ 15 ޕަސެންޓް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގައި އަންހެނުންނަށް އަދާކުރެވޭނީ ވަކި ކަހަލަ ދައުރެއް ކަމަށް ގަބޫލުކުރާ ސަޤާފަތެއް އޮންނަކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ އެކަން ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށެވެ.

"މާލެ އާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި އަންހެން އޮފިސަރުން، ވެރިންގެ ގޮތުގައި މަސައްކަތް ކުރޭ. ސީރިއަސް ބޮޑެތި މައްސަލަތައް ބަލާ ޑިޕާޓްމަންޓުތައް ލީޑުކުރުމުގައާއި ތަހުގީގުގައި އަމަލީ ގޮތުން ބައިވެރިވާ އަންހެން އޮފިސަރުން އެބަތިބި،" ސީޕީ ވިދާޅުވި އެވެ. "ފޮރެންސިކް އެނަލިސްޓުންގެ ގޮތުގައި އަދި ސީން އޮފް ކްރައިމްސް އޮފިސަރުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. ޕޮލިސް އެނަލިސްޓުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރާ ގިނަ އޮފިސަރުންނަކީ ވެސް އަންހެން އޮފިސަރުން."

ޝުޖާއު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ އަންހެނުންނަށް ރައްކާތެރި އަދި ކުރިމަގު އޮތް މުއައްސަސާއަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިބި އަންހެން ފުލުހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން އިސްކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

The post އަންހެން ފުލުހުންގެ ދައުރު ބޮޑުކުރާނެ: ސީޕީ appeared first on adduLIVE.



More from adduLive