އިންޑިއާ ދަތުރު ފަސްކޮށް، އީލޮން ޗައިނާ އަށް

Mon, 29 Apr 2024 10:54 AM

View on this article on adduLive

އިންޑިއާ ދަތުރު ފަސްކޮށް، އީލޮން ޗައިނާ އަށް

މަޝްހޫރު މަހުޖަނު އީލޮން މަސްކް މި މަހު އިންޑިއާ އަށް ކުރަން އޮތް ދަތުރު މި އަހަރުގެ ފަހުކޮޅަށް ފަސްކުރުމަށް ފަހު ޗައިނާ އަށް ވަޑައިގެންފި އެވެ.



ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮން އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 21 ގަ އެވެ. ނަމަވެސް އޭގެ އެއް ދުވަސް ކުރިން އޭނަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެސްލާ ކުންފުނީގެ މަސައްކަތްތަކަކާ ހެދި އެ ދަތުރު މިހާރު މި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފައިވާ ކަމަށެވެ.

އިންޑިއާ ދަތުރު ފަސްކުރެއްވުމަށް ފަހު އެ ގައުމުން ބޮޑު ވާދަވެރި ކަމެއް ބާއްވާ ޗައިނާ އަށް އީލޮން ވަޑައިގެންނެވީ އިއްޔެ އެވެ. މި ދަތުރުގެ ތެރޭގައި ސެލްފް ޑްރައިވިން ކާރުގެ މާކެޓާއި އެ ދާއިރާ އިން ޓެސްލާ އިން ޗައިނާގައި ކުރަން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ޗައިނާގެ މި ދަތުރުގެ ތެރެއިން އީލޮން މިހާރު ވަނީ ބޮޑުވަޒީރު ލީ ގިއަންވެސް ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

އީލޮން އިންޑިއާ އަށް ދަތުރެއް ޕްލޭންކުރެއްވި އިރު، ޓެސްލާގެ ބިޔަ ފެކްޓަރީއެއް އިންޑިއާގައި ހަދަން ޕްލޭންކޮށްފައި އޮތްކަމުގެ ވާހަކަ އަންނަނީ 2020 އޮން ފެށިގެން ދެކެވެމުންނެވެ. އެގޮތުން ޓެސްލާ އިން އިންޑިއާގައި 2-3 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

The post އިންޑިއާ ދަތުރު ފަސްކޮށް، އީލޮން ޗައިނާ އަށް appeared first on adduLIVE.



More from adduLive