އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ބައިވެރިވެވަޑައިގެންފި

Sat, 27 Jul 2024 10:49 AM

View on this article on vNews

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.



އެމަނިކުފާނުގެ މިވަގުތު ހުންނެވީ، ފްރާންސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފްރާންސްގެ ޕެރިސްގައެވެ.

މި ދަތުރުގުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި ހިތްވަރުދެއްވާފައެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.



More from vNews