މިނިވަން ދުވަހުގެ އާ ލަވަ "އޭ ދިވެހި ދިދަޔާ" ނެރެފި

Fri, 26 Jul 2024 11:20 PM

View on this article on Vaguthu

މިނިވަން ދުވަހުގެ އާ ލަވަ "އޭ ދިވެހި ދިދަޔާ" ނެރެފި

މިނިވަން ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އާ ލަވަ "އޭ ދިވެހި ދިދަޔާ" ނެރެފިިއެވެ.



މިރޭ ޝޯސަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި މި ލަވަ ވަނީ ދައްކާލާފައެވެ.

މި ލަވަ ފައްޓަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ދިވެހި ދިދަޔާ ގުޅޭގޮތުން ދެއްކި ވާހަކަތަކުންނެވެ.

"އޭ ލޮބުވެތި ޝަރަފްވެރި ދިދަޔާ، މިއަދު މިވަގުތުން ފެށިގެން އިރާދަކުރެެއްވިއްޔާ ދިވެހި ދިދަޔަަށް އިރުއޮއްސުން ނިމުނީ،" ރައީސް އެއިރު ވިދާޅުވި ވާހަކަތަކުގެ ބައެއް ހިމަނާފައިވާ އެ ލަވަ ފަށަނީ މިހެންނެވެ.

މި ލަވަ ހައްދަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެވެ. މި ލަވަ ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިންނެވެ.

ރައީސް ދިވެހި ދިދަޔާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ބޮޑު ސަމާލުކަމެއްވެސް ލިބިގެން ދިޔައެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން. އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ. މީގެ ފަހުން ތިޔަ ފަހުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން،". ރައީސް ވިދާޅުވެފައި ވެއެެވެ.



More from Vaguthu