ފާރެއް މަތިން ބުޅަލެއް އެއްލައި, އަނިޔާ ކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

Wed, 15 May 2024 10:04 PM

View on this article on Vaguthu

ފާރެއް މަތިން ބުޅަލެއް އެއްލައި, އަނިޔާ ކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

ގއ. ވިލިނގިލީގައި ބުޅަލަކަށް އަނިޔާކޮށް، އަތުކޮޅަށް އެ ބުޅާ ހޫރާލި މީހެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.



ފުލުހުންގެ ސަމާލު ކަމަށް މިކަން ގެނެސްފައިވަނީ މީސްމީޑިއާގައި އާންމުންގެ މީހެކެވެ. އެގޮތުން އޭނާ ވަނީ ވީޑިއޯއާއި އެކަން ކުރި މީހާގެ ފޭސްބުކު ޕްރޮފައިލް ފެންނަ ގޮތަށް އެކަން ނުބަލަނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ގއ. ވިލިނގިލީ ފުލުހުންގެ އިދާރާއިން އަންނަނީ އެކަން ތަހުގީގު ކުރަމުން ކަމަށެވެ.

މީސްމީޑިއާގައި އެ ވީޑިއޯ އާންމު ކުރި މީހާ ބުނި ގޮތުގައި އެކަން ކޮށްފައިވަނީ ފުލުހެކެވެ. އަދި އެކަން ކުރުމަށްފަހު، އޭނާގެ އަމިއްލަ ޓިކްޓޮކް އެކައުންޓުގައި ހިއްސާ ކުރި ކަމަށް ވަނީ ބުނެފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ބުޅަލަށް އަނިޔާކުރުމަށްފަހު، އުސް ފާރެއް މަތިން ބުޅާ ހޫރާލާ މަންޒަރެވެ. އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އޭނާ ބުޅާ އެއްލާލާފައިވަނީ ހުސް ބިމަކަށެވެ.

ބުޅަލަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ މިފަދަ ވީޑިއޯއެއް އާންމުވެފައިވާއިރު، ފަހަކަށް އައިސް ރާއްޖޭގެ އެކި ރަށްތަކުގައި ޖަނަވާރުންނަށް އަނިޔާ ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. ހާއްސަގޮތެއްގައި ބުޅާތަކަށް އަނިޔާ ކުރާ އެކި ކަހަލަ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެއެވެ.



More from Vaguthu