ޑްރަގް ބުލެޓު ދިރުވާލި މީހާގެ ހާލު އަދިވެސް ސީރިއަސް

Thu, 25 Apr 2024 04:20 PM

View on this article on Vaguthu

ޑްރަގް ބުލެޓު ދިރުވާލި މީހާގެ ހާލު އަދިވެސް ސީރިއަސް

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްްޗެއްް ހުރި ބުލެޓްތަކެއް ހަށިގަނޑު ތެރޭ ފޮރުވައިގެން އުޅުނު މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.



ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ފޮރުވައިގެން އުޅުނު މީހަކު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދޭން ފެށީ މި މަހުގެ 23 ވަނަ ދުވަހެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއަކީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަަމަށެވެ.

މިކަމާ ގުލިގެން ފުލުހުން ފަހުން އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ކުރިން ވަނީ ވިދާޅުވެފައެވެ.



More from Vaguthu