ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ދެވަނަ ފުރުސަތެއް

Sat, 04 May 2024 09:40 PM

View on this article on Vaguthu

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ދެވަނަ ފުރުސަތެއް

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.



މުއްދަތު އިތުރުކޮށްފައިވަނީ 5 މެއި 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 13 މެއި 2024 ވާ ހޯމަ ދުވަހުގެރޭ 23:00 ގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ. އެހެންކަމުން ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅުއްވާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން:

1250 އަކަފޫޓުގެ 196 ގޯތި (ކުރިން އިއުލާން ކުރީ 193 ގޯތި)

  • 1650 އަކަފޫޓުގެ 683 ގޯތި (ކުރިން އިއުލާން ކުރީ 663 ގޯތި)

އެ މިނިސްޓްރީން ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ (ބައިތަކުގެ ތެރޭގައި ހިމެނޭ ބައިވެރިންގެ އިޤްރާރު) އިޤްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް ދިނުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ހުޅުމާލޭގައި ޕްލޭން ކޮށްފައިވާ މަގުތަކަށް އަރާ ކަމަށް މި ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ގޯތިތައް އެހެން ތާކަށް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވެެއެވެ. އަދި ހޮޅިލައިންތަކާއި އަޑީގައި އަޅާފައި ހުރި ނެޓްވޯކްތައް ވެސް ބައެއް ސަރަހައްދުތަކުގައި ގޯތިތައް ދީފައިވާ ގޮތުން ބަދަލުކުރަން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.



More from Vaguthu