ކާރެއް ދޯންޏަކަށް އަރުވަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެ

Sat, 04 May 2024 11:26 PM

View on this article on Vaguthu

ކާރެއް ދޯންޏަކަށް އަރުވަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެ

ލ. ފޮނަދޫގައި ކާރެއް ދޯންޏަކަށް އަރުވަން އުޅެނިކޮށް މޫދަށް ވެއްޓިއްޖެއެވެ.



ފުލުހުން ބުނީ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަން އުޅުމުގެ ތެރޭގައި ކާރު މޫދަށް ވެއްޓިފައިވާ ކަމަށް މިރޭ 19:05 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާ ކަމަށާއި ކާރު ނަގައި މިހާރު ދޯންޏަށް އަރުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕޭޖަކުން ވަނީ އެ ކާރު އަޑިއަށްދާ މަންޒަރުގެ 22 ސިކުންތުގެ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. އަދި އާ ވައްތަރެއްގެ ސަބްމެރީންއެއް އެ ރަށުން ފެނިއްޖެ ކަމަށް ބުނެ ވަނީ ޕޯސްޓު ޖަހާފައެވެ.

ކާރު މޫދަށް ވެއްޓުނު ވީޑިއޯގެ ސްކްރީންޝޮޓެއް

އެ ވީޑިއޯ އިން ފެންނަ ގޮތުން ހުދު ކުލައިގެ އެ ކާރު މޫދުގެ އަޑިއަށް އެއްކޮށް ދެއެވެ.



More from Vaguthu