ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

Thu, 25 Apr 2024 09:18 AM

View on this article on Vaguthu

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ދެކުނުގެ ހަތަރު އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.



މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ލަފާކުރި ގޮތުގައި މިއަދު ހެދުނު 6:45 އިން 10:45 އާ ހަމަޔަށް ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި މިއަދު 18:00އާ ހަޔަށް މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ލަފާކުރި ގޮތުގައި މިއަދު ވައިޖެހޭނީ ހުޅަނގުު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް މެޓުން ބުނެއެވެ.

އުތުރުގެ ރަށްތަކަށް މިއަދު މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ފާއިތުވީ 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދޫ އަށާއި ގއ. ގެމަނަފުށްޓަށެެވެ. ކާޑެއްދޫއަށް 63.2 މިލިލީޓަރުގެ ވާރޭ ވެހުނުއިރު ގެމަނފުށްޓަށް 65.8 މިލިލީޓަރުގެ ވާރޭ ފާއިތުވީ 24 ގަޑިއިރުތެރޭ ވަނީ ވެހިފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ކަނޑުދަތުރުކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.



More from Vaguthu