ޔާޔާ ނަބީލު ހައްޔަރު ކޮށްފި

Sat, 04 May 2024 06:56 PM

View on this article on Vaguthu

ޔާޔާ ނަބީލު ހައްޔަރު ކޮށްފި

މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރު ކޮށްފިއެވެ.



މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯތައް އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު މީސްމީޑިއާގައި ފާޅު ކުރުމުންނެވެ.

އެގޮތުން އިއްޔެ ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ، އެ އެކައުންޓާއި ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އޭނާގެ މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. އެ ފަހަރު އޭނާ ވަނީ ބަރަހަނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ މައްސަލައިގައި އޭނާ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ވެސް ހުކުމް ކުރިއެވެ.

އެ ހުކުމް ތަންފީޒްކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.



More from Vaguthu