އައްޑޫ މަގުހެދުމުގެ 86 އިންސައްތަ ނިންމާލައިފި

Sat, 04 May 2024 06:58 PM

View on this article on Vaguthu

އައްޑޫ މަގުހެދުމުގެ 86 އިންސައްތަ ނިންމާލައިފި

އައްޑޫސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ 86 އިންސައްތަ ނިންމާލެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.



ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެވުޒާރާގެ މިނިސްޓަރ، އޮފް ސްޓޭޓް، އިބްރާހިމް ނަޒީމް އައްޑޫސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ 86.25 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްޓޭޓް މިނިސްޓަރގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓްއާއި ބައްދަލު ކުރައްވައި މި މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ ސަރުކާރުން ނިންމާފައި އޮތީ 119 ކިލޯމީޓަރުގެ މަގު އައްޑޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާށެވެ. ދެކުނުގެ އެންމެ ބޮޑު ސިޓީގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އަށް އޭރުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާ އާއި ޖީކޭޑީ ކުންފުންޏާއިއެވެ.

މި މަސައްކަތުގެ ތެރެއިން އަވަށްޓަކުގެ ގިނަ މަގުތަކުގައި ތާރު އަޅައި، ގާ އަޅާ ނިމިފައިވާއިރު، ބައެއް މަގުތަކުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.



More from Vaguthu