ކޮންމެ އަތޮޅަކަށް ފުލުހުންގެ ފޭސްބުކް ޕޭޖެއް!

Thu, 25 Apr 2024 08:34 AM

View on this article on Vaguthu

ކޮންމެ އަތޮޅަކަށް ފުލުހުންގެ ފޭސްބުކް ޕޭޖެއް!

ފުލުހުންނާއި ރައްޔިތުން ގާތުން މަސައްކަތް ކުރުމަށް، ކޮންމެ އަތޮޅަކަށް ފުލުހުންގެ ފޭސްބުކް ޕޭޖެއް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.



މި މަސައްކަތުގެ ތެރެއިން މިހާރު ހުރިހާ އަތޮޅަކަށް ފުލުހުންގެ ޕޭޖު ހަދައި ނިންމައިފާއިވާއިރު މި ޕޭޖު ހެދި އެންމެ ފަހު އަތޮޅަކީ އދ. އަތޮޅެވެ.

މި ޕޭޖުތަކުގެ މަގުސަދަކީ އަތޮޅުތަކުގައި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަގުތުން ވަގުތަށް ރައްޔިތުންނަށް ހާމަކުރުމެވެ.

މި ޕޭޖުތައް މެދުވެރިކޮށް ކުށް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް އެކި މަސައްކަތްތަށް ކުރިއަށްގެންދާނެއެވެ. އެގޮތުން ހޭލުންތެރިވުމުގެ ޕޯސްޓުތަކާއި އަތޮޅުތަކުގެ ރަށްތަކުގައި ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، ކަސްރަތު ޕްރޮގުރާމްތަކާއި ވިޔަފާރުވެރިން ހޭލުންތެރިކުރުމަށް ބާއްވާ އެކިއެކި ޕްރޮގްރާމްތަކުގެ އިތުރު ރައްޔިތުންނާއި ގުޅިގެން ހިންގާ ކުޅިވަރުގެ ޕްރޮގްރާމްތަކުގެ މައުލޫމާތު މި ޕޭޖުތައް މެދުވެެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.

އދ. އަތޮޅުގެ ޕޮލިސް ފޭސްބުކް ޕޭޖު މިހާރު ހަދާފައިވާއިރު އެ އަތޮޅުގައި ހިންގާ އެކި އެކި ޕްރޮގްރާމްތަކުގެ މައުލޫމާތު މި ޕޭޖު މެދުވެރިކޮށް ލިބޭނެއެވެ.

އދ. އަތޮޅުގެ ފުލުހުންގެ ޕޭޖަކީ މިއެވެ.



More from Vaguthu