އެއަރޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

Fri, 19 Apr 2024 11:54 AM

View on this article on Vaguthu

އެއަރޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްފިއެވެ.



އެމްއޭސީއެލްގެ މީޑިއާއިން މައުލޫމާތު ދެއްވަމުން ޝައްމާން ޝާކިރު "ވަގުތު" އަށް ވިދާޅުވީ މިހާރު ކަރަންޓުގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި އެނގިފައިނުވެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިފައެވެ.

އެއަރޕޯޓުން ކަރަންޓް ކެނޑުމުން ބެކްއަޕް ޖެނެރޭޓަރުތަކުން އިންޓަރނޭޝަނަލް ޓާމިނަލްގައި ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.



More from Vaguthu