ސީއޭއެން.ސީ.ސީގެ މެންބަރުން ހިމެނޭހެން ވޯކްޝޮޕެއް މިއަދު އިފްތިތާހު ކޮށްފި

Thu, 02 May 2024 08:33 AM

View on this article on Vaguthu

ސީއޭއެން.ސީ.ސީގެ މެންބަރުން ހިމެނޭހެން ވޯކްޝޮޕެއް މިއަދު އިފްތިތާހު ކޮށްފި

އެން.އޭ.ޕީ ގްލޯބަލް ނެޓްވޯކްގެ އެހީގެ ދަށުން، ޕިއަރ ލާނިންގް ކޮހޯޓް އޮން ނެޝަނަލް އެޑެޕްޓޭޝަން ޕްލޭނިންގް ގެ ނަމުގައި ކޯލިޝަން އޮފް ލޯ-ލައިންގް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ސީ.އޭ.އެން.ސީ.ސީ) ގެ މެންބަރުން ހިމެނޭހެން 3 ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ.



ސީ.އޭ.އެން.ސީ.ސީގެ ޗެއަރ އެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވެގެންދާ މި ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވަނީ 1 ން 3 މެއިއަށެވެ. ރާއްޖޭގެ އިތުރުން ސީ.އޭ.އެން.ސީ.ސީ ގެ މެންބަރު ގައުމުތަށް ކަމުގައިވާ ކިރިބާސް، މާޝަލް އައިލެންޑްސް، ޓޮކަލައު އަދި ޓުވަލޫ އިން މި ހަރަކާތުގައި ބައިވެރިވެއެވެ. ސީ.އޭ.އެން.ސީ.ސީ އަކީ ލޯ-ލަޔިންގް އެޓޯލް ނޭޝަންސް ގެ 5 ގައުމު އެކުވެ، މޫސުމީ ބަދަލުތަކާއި ގުޅިގެން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާކޮށް، އެ ގައުމެއްގެ ތަޖުރިބާގެ އަލީގައި ދެމެހެއްޓެނިވި އުސޫލުތަކެއްގެ ޚިޔާލު ބަދަލުކުރުމަށް އުފެދިފައިވާ ކޯލިޝަނެކެވެ.

މި ވޯކްޝޮޕް ވެގެންދާނީ ރާއްޖެ ކަހަލަ އަތޮޅު ހިމެނޭ ސީ.އޭ.އެން.ސީ.ސީ ގެ 5 ގައުމުގެ މެދުގައި، މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކާމެދު ވާހަކަދެކެވި، އެން.އޭ.ޕީގެ ދަށުން ރޭވިފައިވާ ކަންކަން ހިއްސާ ކުރެވި، އަތޮޅުތަކަށް ދިމާވާ މޫސުމީ އެކި މައްސަލަތައް ހައްލު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ފޯރަމަކަށެވެ.

ޕިއަރ ލާނިންގް ކޮހޯޓް އޮން ނެޝަނަލް އެޑެޕްޓޭޝަން ޕްލޭނިންގް އިފްތިތާހު ކުރުމަށް މިއަދު ބޭއްވިގެން ދިޔަ ހަފްލާގައި މިނިސްޓަރ އޮފް ކްލައިމޭޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީ، އަދި ސީ.އޭ.އެން.ސީ.ސީ ގެ ޗެއަރ އޮނަރަބަލް ޠާރިޤް އިބްރާހިމް ވިދާޅުވެފައިވަނީ ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ޖަޒީރާ އަތޮޅުތައް ހުންނަ ގައުމުތަކުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ގައުމުތަކުން އެއްވެ ހިންގޭ މިފަދަ ވޯކްޝޮޕްތަކަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ކުރެވިގެންދާ ވަރަށް މުހިންމުކަމެކެވެ.

އަތޮޅުތައް ހިމެނޭ ގައުމުތަކަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ގައުމުތަކެވެ. މި ވޯކްޝޮޕްގެ ސަބަބުން ގައުމުތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެއް ގައުމު އަނެއް ގައުމާ ޚިޔާލު ބަދަލުކޮށް، މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވިގެންދާނެ ކަމަށް އެން.އޭ.ޕީ ގްލޯބަލް ނެޓްވޯކްގެ ހެޑް، އޯވިލް ގްރޭ މިފުި ހަފްލާގައި ފާހަގަކުރައްވާފައިވެއެވެ.

ސީބ.އޭ.އެން.ސީ.ސީ ގައުމުތަކުގެ ޖުމްލަ 35 މެންބަރުން ބައިވެރިވާ މި ތިން ދުވަހުގެ ހަރަކާތުގައި ރާއްޖޭގައި މޫސުމީ ބަދަލުތަކާ ކުރިމަތި ލުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ކުރެވިފައިވާ ތަޖުރިބާތައްވެސް ހިއްސާ ކުރެވިގެންދާނެއެވެ.



More from Vaguthu