ފަހު ދިހައިގައި ވަޒީފާއަށް ނިކުންނަ ނަމަ އިނާޔަަތެއް ދޭން ރައީސް ނިންމަވައިފި

Fri, 29 Mar 2024 09:20 AM

View on this article on Vaguthu

ފަހު ދިހައިގައި ވަޒީފާއަށް ނިކުންނަ ނަމަ އިނާޔަަތެއް ދޭން ރައީސް ނިންމަވައިފި

ރަމަޝާން މަހުގެ ފަހު 10 ގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނާ ގޮތުން މުވައްޒަފުންް ރަމަޟާާން މަހުގެ ފަހު 10 ގައި މަސައްކަތް ކުރާނަމަ އިނާޔަތެއް ދޭން ޖެހެއެވެ. އަދި އެނިޔާތް ދޭނެ ގޮތާއި އިނާޔާތް ދޭނެ ފަރާތްތައް އެ ސާކިއުލާގައި ހާމަކޮށްފައި އެވެ.

އެގޮތުން އިނާޔާތް ދެވޭނީ ދައުލަތުގެ އިދާރާތަކުގެ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން, އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.

މި އިނާޔާތް ދިނުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ މުސާރައާއި އެކުގައި ކަމަށްވެސް ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގް ސޮއިކޮށް ނެރެފައިވާ ސާކިއުލާގައި ވަނީ ބުނެފައި އެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ.



ރައީސް ޑރ މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެއެވެ. އަދި އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.



More from Vaguthu