10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.59 މިލިއަން ރުފިޔާ ލިބިއްޖެ

Thu, 28 Mar 2024 08:27 PM

View on this article on Vaguthu

10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.59 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ރަމަޟާންމަހު ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.59 މިލިއަން ރުފިޔާ ލިބިއްޖެއެވެ.



މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެއެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މިއަދުން ފެށިން އޭޕްރީލް މަހުގެ ހަވަނަ ދުވަހާއި ހަމައަށެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ހޯލަށް ގޮސް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

އާދައިގެ ހަނޑޫ
މީހުންގެ އަދަދު: 22,759
ފިޠުރު ޒަކާތުގެ ޖުމްލަ: 273,108

ތައިލެންޑް ހުދު ހަނޑޫ
މީހުންގެ އަދަދު: 886
ފިޠުރު ޒަކާތުގެ ޖުމްލަ: 62,020

ރަތް ހަނޑޫ
މީހުންގެ އަދަދު: 304
ފިޠުރު ޒަކާތުގެ ޖުމްލަ: 24,320

ބާސްމަތީ ހަނޑޫ (އާދައިގެ)
މީހުންގެ އަދަދު: 5,208
ފިޠުރު ޒަކާތުގެ ޖުމްލަ: 364,560

ބާސްމަތީ ހަނޑޫ (މޮޅު)
މީހުންގެ ޢަދަދު: 3,030
ފިޠުރު ޒަކާތުގެ ޖުމްލަ: 303,000

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)
މީހުންގެ އަދަދު: 4,188
ފިޠުރު ޒަކާތުގެ ޖުމްލަ: 523,500

އާދައިގެ ފުށް
މީހުންގެ އަދަދު: 1,913
ފިޠުރު ޒަކާތުގެ ޖުމްލަ: 19,130

އާޓާ ފުށް
މީހުންގެ ޢަދަދު: 393
ފިތުރު ޒަކާތުގެ ޖުމްލަ: 29,475

އަދި ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމްލަ 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފައި ވެއެވެ.



More from Vaguthu