ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަނީ

Mon, 21 Oct 2024 01:50 PM

View on this article on Thiladhun

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަނީ

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.



ފުލުހުން މިއަދު ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ އޮކްޓޯބަރ 17 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ދާއިރާގައި ހިމެނޭ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅުގެ ތެރެއިން ރަށެއްގެ ސްކޫލެއްގައި މަސައްކަތްކުރާ ފިރިހެން ޓީޗަރަކަށެވެ.

މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ގޯނާކުރުމާއި އެކުދިންގެ އުމުރާ ނުގުޅޭ ޖިންސީ ވާހަކަ ދެއްކުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

The post ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރެއްގެ މައްސަލަ ބަލަނީ first appeared on Thiladhun.



More from Thiladhun