އީރާނަށް ހަމަލާދިނުމުގެ ހުއްދަ ނަތަންޔާހޫ ދީފި

Fri, 18 Oct 2024 11:37 AM

View on this article on Thiladhun

އީރާނަށް ހަމަލާދިނުމުގެ ހުއްދަ ނަތަންޔާހޫ ދީފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނަށް ހަމަލާދިނުމަށް ހުއްދަދީފިއެވެ.



މިހަމަލާދެނީ މި މަހުގެ ކުރީކޮޅު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަށް ޖަވާބުދާރީވުމުގެ ގޮތުންކަމަށް ބުނެއެވެ.

އޭބީސީ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުގެ އިސް ވެރިއަކާ ހަވާލާދީ ބުނެފައިވަނީ ނަތަންޔާހޫ ހަމަލާދޭނެ ތަންތަނުުގެ ލިސްޓެއް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ތަންތަނަކީ ކޮބައިކަން ނުވަތަ އެއީ ހަމައެކަނި އީރާނުގެ އަސްކަރީ ތަންތަންތޯ އެ ވެރިޔާ ހާމަކޮށްފައެއް ނުވް ނުވެއެވެ.

އޮކްޓޯބަރު 1 ގައި އީރާނުން އިސްރާއީލަށް 200 އާ ގާތްކުރާ މިސައިލް ފޮނުވާލިއެވެ. މިއީ ފާއިތުވި މަހު ހަމާސްއާއި ހިޒްބުﷲގެ އިސްވެރިންނާއި އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ)ގެ ޖެނެރަލެއް މަރާލުމަށް ޖަވާބުދާރީވުމުގެ ގޮތުންނެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވަނީ އީރާނަށް "މަރުވެނިވި، ވަކި ތަންތަނަަށް އަމާޒުކުރެވޭ އަދި ހައިރާންކުރުވަނިވި" ހަމަލާއެއް ދޭނެކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ އިސްވެރިން ވަނީ އީރާނުގެ ހަކަތައިގެ ވަސީލަތްތަކާއި ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމަށް ގޮވާލާފައެވެ.

އޭބީސީ ނިއުސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދޭނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

The post އީރާނަށް ހަމަލާދިނުމުގެ ހުއްދަ ނަތަންޔާހޫ ދީފި first appeared on Thiladhun.



More from Thiladhun