'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި

Thu, 17 Oct 2024 11:57 PM

View on this article on Thiladhun

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' މިރޭ ބާއްވައި އެވޯޑުތަކުގެ ހައްގުވެރިންނަށް އެވޯޑުތައް ދީފިއެވެ.



މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ބޭއްވި 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024'ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި އެވޯޑް ހަފުލާގައި 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިފައި ވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ.

މި އެވޯޑު ހަފުލާގައި 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރީ ފާތިމަތު ދީމާ ޢަލީ އެވެ. 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރީ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤެވެ. އަދި 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤެވެ. މި ބޭފުޅުންނަށް އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މިީގެ އިތުރުން 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް' ޙާސިލުކުރެއްވި މުޙައްމަދު ޝައްފާން އިސްމާޢިލަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި އަޒްނީން ރަޝާދަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރެއްވި ނިބާލް އަޙްމަދަށް ވެސް އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސެވެ.

The post 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި first appeared on Thiladhun.



More from Thiladhun