ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި

Thu, 17 Oct 2024 08:40 PM

View on this article on Thiladhun

ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި

މާލޭގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.



މިއަދު ފަތިހު 4:20 އެހާކަންހާއިރު ފުލުހުން މާލޭގައި ޕެޓްރޯލްކުރަމުން ދިޔައިރު، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މިކަން ފާހަގަ ކުރެވިގެން، އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ 3 މީހުން ހޯދައި އެމީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެފިހާރައިން އެމީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ސިގިރެޓް ކާޓަން ތަކެއް ވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / އަތަމާގެ، އިހުސާން އިބްރާހިމް (26 އަހަރު)، ގދ. ވާދޫ / ލިލީގެ، މުޙައްމަދު ޞޮބާޙް (46 އަހަރު) އަދި ރ. އިނގުރައިދޫ / ދަނބުރުދާށުގެ، އިބްރާހިމް މުޙައްމަދު ރަޝީދު (34 އަހަރު) އެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިހުސާން އިބްރާހިމް 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

The post ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި first appeared on Thiladhun.



More from Thiladhun