ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

Sat, 27 Jul 2024 11:28 AM

View on this article on Thiladhun

ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާގެ އިރުމަތީ ސަރަހައްދަށް އެރި ތޫފާން ގައިމީގެ ސަބަބުން އެ ގައުމުގެ 300،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.



މި ތޫފާނަކީ ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެއެވެ.

ތޫފާން ގައިމީ ފުރަތަމަ އަރާފައިވަނީ ބުރާސްފަތި ދުވަހު ޓައިވާނަށެވެ. އަދި އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ޗައިނާއަށް އެރިއިރު އޭގެ ބާރު ކުޑަވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ތޫފާން އެރުމުގެ ސަބަބުން ޗައިނާގެ އިރުމަތީ ފުޖިއާންގެ ބިންގަނޑު ކަނޑައިގެންގޮސްފައިވެއެވެ.

ތޫފާން ގައިމީގެ ސަބަބުން ބޯކޮށްވާރޭވެހި ފެންބޮޑުވުން އެކަށީގެންވާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އިންޒާރުދީފައިވެއެވެ. މިގޮތުން ފުޖިއަންގެ 290،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، ބައެއް ސިޓީތަކުގެ އާންމު ދަތުރުފަތުރުތައް ހުއްޓާލައި، އޮފީސްތަކާއި ސްކޫލްތަކާއި މާކެޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީވީން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒެޖިއަންގް ޕްރޮވިންސްގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ނުވަ މިލިއަން މީހުން ދިރިއުޅޭ އެ ޕްރޮވިންސްގެ ވެންޒޯ ސިޓީން ގާތްގަނޑަކަށް 7،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ސީސީޓީވީން ބުނެއެވެ.

ޗައިނާގެ ރަސްމީ މޫސުމާބެހޭ ނެޓްވޯކުން މަޢުލޫމާތު ދީފައިވާ ގޮތުގައި ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ހުޅަނގު އުތުރަށް ގަޑިއަކު ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ތޫފާންގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައެއްނުވެއެވެ.

The post ތޫފާން ގައިމީގެ ސަބަބުން ޗައިނާގެ އިރުމަތީ ސަރަޙައްދުން އެތައްލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި first appeared on Thiladhun.



More from Thiladhun