މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

Fri, 26 Jul 2024 09:00 PM

View on this article on Thiladhun

މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުރުޞަތު ހުޅުވާލާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.



މި ފުރުޞަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "މިސްކިތު ޤާރީ ކްލާސް ފޯމް" ފުރިހަމަކުރުމަށްފަހު އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ.

މި ފޯމު ފުރިހަމަކުރެވޭނީ https://forms.gle/2tXnzJQo1ctrSFp36 ލިންކް މެދުވެރިކޮށެވެ.

ކުރީގެ އަހަރުތަކުގައި މާލެ އާއި ބައެއް ރަށްރަށުގައި ޤުރްއާން ކްލާސްތައް ހިންގާފައިވީ ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ހިލޭ ކްލާސްތައް ހިންގިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކްލާސްތައް އިތުރުކޮށް، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ކީރިތި ޤުރްއާނުގެ ޢިލްމު ފުޅާކުރެއްވުމަށްޓަކައި ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވަހިކަމެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ފުރުޞަތު އިތުރުވެ، ޤުރްއާނުގެ ޢިލްމު ފެތުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

The post މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި first appeared on Thiladhun.



More from Thiladhun