އެވަޓަން އިން ލިވަޕޫލުގެ އުންމީދަށް ހުރަސްއަޅައިފި

Thu, 25 Apr 2024 02:05 PM

View on this article on Thiladhun

އެވަޓަން އިން ލިވަޕޫލުގެ އުންމީދަށް ހުރަސްއަޅައިފި

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތަށް އެވަޓަން އިން ހުރަސްއަޅައިފިއެވެ.



ލީގުގައި ރޭ އެވަޓަން ދަނޑުގައި މި ދެ ޓީމް ވާދަކުރި މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއިން އެވަޓަން މޮޅުވެގެންނެވެ. މި ބައްޔާއިއެކު ލިވަޕޫލް އޮތީ ކުޅުނު 34 މެޗުން ލިބުނު 74 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެ އަދަދަށް މެޗު ކުޅެގެން އެއްވަނާގައި އާސެނަލް އޮތީ 77 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމަށްވުރެ ދެ މެޗު މަދުން ކުޅެގެން ލިބުނު 73 ޕޮއިންޓާއިއެކު ތިންވަނާގައި އޮތީ ސިޓީއެވެ. ދެ މެޗު މަދުކޮށް ކުޅެފައިވާ ސިޓީން މެޗު ހަމަވާއިރު، ދެމެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް ޖެހިލިމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އެވަޓަން މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 34 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ.

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުމަގާމް ދޫކޮށްލުމަށް ކްލޮޕް ނިންމާފައިވާއިރު، މި ބައްޔަކީ ހިއްދަތި ބައްޔެކެވެ. މިއީ ކްލޮޕްގެ އިރުޝާދުގެ ދަށުން އެވަޓަންގެ ދަނޑުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

ރޭ މެޗުގައި އެވަޓަންއަށް ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެންޓްވައިޓެވެ. ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ކްލެވަޓް ލެވިންއެވެ.

The post އެވަޓަން އިން ލިވަޕޫލުގެ އުންމީދަށް ހުރަސްއަޅައިފި first appeared on Thiladhun.



More from Thiladhun