އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް

Sun, 05 May 2024 10:05 AM

View on this article on Thiladhun

އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް

ހެކްކޮށްފައިވާ ހއ.އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް އަނބުރާ އެ ކައުންސިލްގެ ދަށަށް ގެނެސްފިއެވެ.



އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ކައުންސިލް ފޭސްބުކް ޕޭޖަކީ މީގެ ނުވަވަރަކަށް އަހަރު ކުރިން ހަދާފައިވާ ޕޭޖެކެވެ. އެ ޕޭޖަކީ ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު މައުލޫމާތު ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކައުންސިލުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ.

ޕޭޖް ހެކްކުރުމަށް ފަހު، ޕޭޖަށް ތަފާތު ވީޑިއޯތައް ހެކަރުން ވަނީ އަޕްލޯޑް ކޮށްފައެވެ. އެ ވީޑިއޯތަށް ގިނަބަޔަކު ބަލާފައިވާއިރު، ހެކްކޮށްފައިވާ މުއްދަތުގައި އެ ޕޭޖަށް ވަނީ ބޮޑުތަނުން ފޮލޯވާސް ވެސް އިތުރުވެގެން ގޮސްފައެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ ފުރަތަމަ ޕޭޖް ހެކަރުންގެ އަތުން އަތުލުމަށް މަސައްކަތް ކޮށްފައިވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކުގައެވެ. ނަމަވެސް އެކަން ހާސިލްނުވެ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމާއިއެކު ކައުންސިލުން ވަނީ އަމިއްލަ ފަރުދަކާއިއެކު ޕޭޖް ހޯދުމުގެ މަސައްކަތްކޮށް އެކަން ކާމިޔާބު ކޮށްފައެވެ.

The post އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް first appeared on Thiladhun.



More from Thiladhun