16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

Sun, 05 May 2024 10:28 AM

View on this article on Thiladhun

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ.



އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގައި 16 މީހުން ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށް ދޭން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ބޯޓު ފަރަށް އަރާފައި ވަނީ ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރި އޮތް ފަރަކަށެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް އައިއިރު ބޯޓު ފުން ކުރެވިފައި ނުވާ ކަމަށެވެ. ބޮޑު ދިޔައިގައި ކަފު ޖަހާނެ ބޯޓެއް އައުމާ އެކު ފުން ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ބޯޓުން ދަތުރު ކުރި މީހުންގެ ހާލު ރަނގަޅެވެ.

The post 16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި first appeared on Thiladhun.



More from Thiladhun