އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލް

Thu, 25 Apr 2024 09:29 AM

View on this article on Thiladhun

އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލް

އުރީދޫ މޯލްޑިވްސްގެ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.



އުރީދޫ މޯލްޑިވްސްގެ މި މުބާރަތް ކުރިއަށް ގެންދިޔައީ މިމަހުގެ 18 އިން 20 ގެ ނިޔަލަށް އުރީދޫ ހެޑްކުއާޓާސްގައެވެ.

އުރީދޫން ބުނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ.

އެ މުބާރާތުގައި ގަދަ ތިންވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނު ފަރާތްތަކާއި އިނާމު:

- ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ - 8،000 ރުފިޔާ
- ރަނައަޕް: ރާއިދު ހަސަން 4،500 ރުފިޔާ
- 2ވަނަ ރަނައަޕް: މުހައްމަދު ރިޝްފާން އަހުމަދު 2،500 ރުފިޔާ

އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

The post އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ގެ ޗެމްޕިއަނަކަށް މުހައްމަދު ޒަމީލް first appeared on Thiladhun.



More from Thiladhun