އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި

Sun, 05 May 2024 01:00 PM

View on this article on Thiladhun

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި

ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.



މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން ސެޕްޓެމްބަރު 2022 ގައި އެއް އަހަރަށް ޖަލަށްލިއެވެ.

ހުކުމުން މިނިވަންވި ފަހުން އަނެއްކާ ވެސް ނަބީލް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ ހަދާ މައްސަލަ ބޮޑުވިއެވެ. ފުލުހުން އިއްޔެ ވަނީ އޭނާ އަލުން ހައްޔަރުކޮށްފައެވެ. މިފަހަރު ވެސް ހައްޔަރު ކުރީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދާތީއެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އެންމެ ފުރަތަމަ އާއްމުކުރީ، އޮގަސްޓް 2021 ގައެވެ. އޭނާ ހައްޔަރު ނުކޮށް ބަހައްޓާތީ އާންމުންގެ ފަރާތުން ފާޑުކިއުން އަމާޒުވާން ފެށުމުން ފުލުހުން ހައްޔަރުކޮށް ބަންދުގައި މަސް ދުވަސް ވަންދެން ބެހެއްޓިއެވެ.

އޭރު އޭނާ ދޫކޮށްލީ 60 ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށެވެ.

The post އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި first appeared on Thiladhun.



More from Thiladhun