މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނިއަށް، ބޮޑު އަދަދެއް!

Sun, 05 May 2024 01:03 PM

View on this article on Thiladhun

މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނިއަށް، ބޮޑު އަދަދެއް!

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސްއަށް ނިސްބަތުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަކާ ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.



ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 772،651 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން އައީ ކާނި ހޮޓެލްސް އިން ކ. މާފުށީގައި ހިންގާ ހަތަރު ގެސްޓްހައުސް އަށެވެ.

ކާނިގެ ހަތަރު ގެސްޓްހައުސްގެ ތެރެއިން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ އެ ކުންފުނީގެ އެންމެ ބޮޑު ގެސްޓްހައުސް ކާނި ޕާމް ބީޗަށެވެ. ކާނި ޕާމް ބީޗަށް 9،784 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، ކާނި ގްރޭންޑް ސީވިއު އަށް 4،313 ފަތުރުވެރިން، ކާނި ވިލެޖެއް 1،172 ފަތުރުވެރިން އަދި ކާނި ބީޗަށް 1،672 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ކާނި ހޮޓެލްސްއަކީ މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލްތަކަށް ބަލާއިރު، 83،835 ފަތުރުވެރިންނާއި އެކީ އެއް ވަނައިގައި އޮތީ ޗައިނާއެވެ. 77،632 ފަތުރުވެރިންނާއި އެކީ ދެވަނައިގައި ރަޝިއާ އޮތްއިރު، 75،253 ފަތުރުވެރިންނާއި އެކީ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ކާނިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ގެސްޓްހައުސްތަކަށް ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ.

ކާނި ހޮޓެލްސްގެ ގެސްޓްހައުސްއަކާއި ހޮޓަލެއް އަޅަމުން އަންނަ އިރު އއ. އުކުޅަހުގައި އަޅަނީ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. ކާނިގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ތަން ނިންމުމެވެ. އެ ކުންފުނިން ދަނީ މާފުށީގައި 68 ކޮޓަރީގެ ގެސްޓްހައުސްއެއް ވެސް އަޅަމުންނެވެ.

ކާނި ހޮޓެލްސް އިން ދަނީ ދުނިޔޭގެ ހުރިހާ ޓްރެވަލް ފެއާއެއްގައި ބައިވެރިގެން ވަރަށް ބޮޑަށް މާކެޓް ކުރަމުންނެވެ.

The post މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނިއަށް، ބޮޑު އަދަދެއް! first appeared on Thiladhun.



More from Thiladhun