ފެނަކައިން ވެސް މިދިޔަ މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފި

Sun, 05 May 2024 09:23 PM

View on this article on Thiladhun

ފެނަކައިން ވެސް މިދިޔަ މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފި

އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.



ފެނަކައިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލުތަކަށްވުރެ ބޮޑު ނުވާނެހެން ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރާނެ ކަމަށެވެ.

ފެނަކައިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.

އޭޕްރިލް މަހުގެ ފެން ބިލާއި ކަރަންޓް ބިލު ބޮޑުވެގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބިލުތައް ބޮޑުވީ މިދިޔަ މަހު ހޫނު ގަދަވެ ކަރަންޓު ބޭނުން ކުރިވަރު އެހެން މަސްތަކަށްވުރެ އިތުރުވުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުން ވަނީ ބުނެފައެވެ.

The post ފެނަކައިން ވެސް މިދިޔަ މަހުގެ ބިލުން ޑިސްކައުންޓް ދޭން ނިންމައިފި first appeared on Thiladhun.



More from Thiladhun