އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

Wed, 24 Apr 2024 01:35 PM

View on this article on Thiladhun

އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާބީ މެންބަރަކު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ.



ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ހަ މެންބަރަކު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ.

މި މެންބަރުންގެ ފޯމާއި ހަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އެ ހަ އިންތިޚާބީ މެންބަރުންނަކީ:

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  • ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

އެ މެންބަރުންނަކީ އިންތިޚާބުގައި ސަރުކާރުން ތާއީދު ދެއްވި މެންބަރުންނެވެ.

މި މެންބަރުންގެ ސޮޔާއެކު ޕީއެންސީއަށް ނިސްބަތްވާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ޢަދަދު މިހާރު މިވަނީ 72 އަކަށް އަރާފައެވެ. ޕީއެންސީގެ ޗެއާމަން، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެފައިވާގޮތުގައި ސަރުކާރުގެ ވިސްނުމުގައި މަޖިލީހުގައި ޖުމްލަ 80 މެންބަރުން ސަރުކާރާއެކު މަސައްކަތް ކުރައްވާނެއެވެ.

އާދީއްތަ ދުވަހު އޮތް އިންތިޚާބުގައި ޖުމްލަ 93 ދާއިރާގެ ތެރެއިން ޕީއެންސީ އަށް 66 ގޮނޑި ކާމިޔާބުވިއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވީ 12 ގޮނޑިއެވެ. އެމްޑީއޭ އަށް 2 ގޮނޑި، އެމްއެންޕީއަށް ގޮނޑިއެއް، ޖޭޕީ އަށް ގޮނޑިއަށް ކާމިޔާބުވިއިރު މިނިވަން 11 މެންބަރަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ.

މި އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއާ އަށާއި ދަ ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއް ވެސް ލިބިފައެއް ނުވެއެވެ.

The post އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރި ހަ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި first appeared on Thiladhun.



More from Thiladhun