ސީޒަންގެ ފަހުބައިގައި ތަފާތުދައްކައި، ޗެލްސީން ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް

Sun, 05 May 2024 11:36 PM

View on this article on Thiladhun

ސީޒަންގެ ފަހުބައިގައި ތަފާތުދައްކައި، ޗެލްސީން ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 5-0 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ.



ކުޅުންތެރިން ހޯދުމަށް ބިލިއަނުން ހަރަދުކޮށް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އައު އެތައް ކުޅުންތެރިންނާއިއެކު ސީޒަންފެށި ޗެލްސީ، ސީޒަންގެ ފުރަތަމަ ކޮޅު ނެރުނީ ވަރަށް ދަށް ނަތީޖާތަކެކެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ސީޒަންގެ ބޮޑުބައިގައި ޗެލްސީ އޮތީ ވެސް ޕޮއިންޓް ތާވަލުގެ ދިހަވަނައަށް ވުރެ ދަށުގައެވެ.

ނަމަވެސް ސީޒަންގެ ފަހު މެޗުތަކާއި ހިސާބަށް އައިއިރު ޗެލްސީން މިވަނީ މޮޅަށް ކުޅެ ނަތީޖާތަށް ރަނގަޅުކޮށް ސަޕޯޓަރުން އުންމީދު ނުކުރާ ހިސާބަށް ކުރިއަށް ޖެހިލާފައެވެ. މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 35 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ހަވަނާގައި އޮތް ނިއުކާސަލްއަށް 35 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. ޗެލްސީއަށްވުރެ އެއް މެޗު މަދުންކުޅެ ހޯދި 54 ޕޮއިންޓާއިއެކު ޔުނައިޓެޑް އޮތީ އަށްވަނާގައެވެ.

ލީގުގައި ޗެލްސީއަށް ދެން ބާކީ އޮތީ ތިން މެޗެވެ. މި ތިން މެޗުން ރަނގަޅު ނަތީޖާ ހޯދައިގެން ހަތްވަނާގައި އޮވެ ނިންމާލެވިއްޖެނަމަ އަންނަ އަހަރު ޔޫރޮޕާ ކޮންފަރެންސް ލީގު ކުޅުމުގެ ފުރުސަތި ލިބޭނެއެވެ. ހަވަނަ ނުވަތަ ފަސްވަނައަށް ޖެހިލެވިއްޖެނަމަ ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަތީޖާތައް ރަނގަޅުވުމުން ފަހު ތިން މެޗުން ތަފާތު ދައްކައި އަންނަ ސީޒަންގައި ޔޫރަޕް ފުޓްބޯޅައިގައި ޗެލްސީ ވާދަކުރާތަން ބަލަން ޓީމްގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.

ރޭ މެޗުގައި ޗެލްސީއަށް ލަނޑުތައް ޖަހައިދިނީ ޕާމާ، ގަލަގާ، މަޑޫކޭގެ އިތުރުން ނިކޮލަސް ޖެކްޝަންއެވެ. ޖެކްޝަން ވަނީ ދެ ލަނޑު ޖަހާފައެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޗެލްސީ ފަހަތަށް ޖައްސާލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

The post ސީޒަންގެ ފަހުބައިގައި ތަފާތުދައްކައި، ޗެލްސީން ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް first appeared on Thiladhun.



More from Thiladhun