އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

Tue, 23 Apr 2024 11:28 PM

View on this article on Thiladhun

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވާލައިފިއެވެ.



މި ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. އަދި އެއީ ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދޭ ކުންފުންޏެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް
ހުޅުވާފައިވާއިރު މިއީ އެ ކުންފުނީގެ ތާރީހުގައި ލިޔެވިގެންދާނޭ ފާހަގަކޮށްލެވޭ ދުވަހެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އައު ފިހާރައިންވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަަށްވެސް އެސްޓީއޯއިން ބުންޏެވެ.

މިޝޯރޫމްގެ އެންމެ ހިތްގައިމު ކަމަކީ ޒަމާނީ އިންޓީރިއާ އަދި ކަސްޓަމަ ސަރވިސްކަން އެސްޓީއޯއިން ފާހަގަކުރެެއެވެ. އަދި ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯރޫމްގައި ހަމަޖެހިފައިވާއިރު މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މިޝޯރޫމުން ލިބޭނެއެވެ.

މީގެ އިތުރުން އެސްޓިއޯ ޕަވަމިކްސް ކަސްޓަމަރުންނަށްވެސް ރެޑީމިކްސް ކޮންކްރީޓް ހުޅުމާލެ ޝޯރޫމް އިން އޯޑަރ ކޮށްލެވޭނއ ކަމަށާއި ،ކަސްޓަމަރުން ބޭނުންވާ ކޮންސްޓްރަކްޝަންސް މެޓީރިއަލްސް (ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ. އަދި ރޫފިންގް ޝީޓް) ވެސް އޯޑަރުކުރެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

The post އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި first appeared on Thiladhun.



More from Thiladhun