ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

Tue, 23 Apr 2024 09:27 PM

View on this article on Thiladhun

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.



ހީނާ މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމުގައި ހީނާ ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ހީނާ މި މަޤާމަށް ހަމަޖެއްސުމާއެކު ހީނާ ވެގެން ގޮސްފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ހީނާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

ހީނާ މަތީ ތަޢުލީމު ޙާސިލްކުރައްވާފައި ވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.

The post ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ first appeared on Thiladhun.



More from Thiladhun