ޔޫކްރެއިންގެ ޑޭމެއް ހަލާލުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ

Thu, 08 Jun 2023 04:33 PM

View on this article on Thiladhun

ޔޫކްރެއިންގެ ޑޭމެއް ހަލާލުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ

ޔޫކްރެއިނާއި ރަޝިއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ބޮޑު ޑޭމަކަށް ހަމަލާދީ ހަލާކުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ނޯވާ ކަޚޮވްކާގެ ޑޭމް ހަލާކުވުމުން 80 އަވަށެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެތަނަށް ހަމަލާދިނީ ރަޝިއާއިން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ ސަބަބުން 40,000 އަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވަނީ ޖެހިފަ އެވެ. އަދި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު އިހޯރް ކްލައިމެންކޯ ވިދާޅުވީ މިހާތަނަށް ގާތްގަނޑަކަށް 1،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އޭނާ ވަނީ ރަޝިޔާއިން އެ ސަރަހައްދަށް ބޮން އަޅަމުންދާ ކަމަށާއި، އަދި އެ ސަރަހައްދުގައި މައިންތައް ހަރުކޮށްފައި ހުރުމުން ނުރައްކާތަކެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޚޯވްކާ ޑޭމަކީ މި ސަރަހައްދަށް ވަރަށް މުހިންމު ޑޭމެކެވެ.

އެއީ ދަނޑުވެރިންނާއި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގެ އިތުރުން ޒަޕޮރިޒްޒިއާ ނިއުކްލިއާ އިންޖީނުގެއަށް ވެސް ފެން ފޯރުކޮށްދޭ ތަނެކެވެ. އަދި ރަޝިޔާއިން ހިފާފައިވާ ކްރައިމިއާއަށް ދެކުނަށް ފެން ގެންދާ މުހިންމު ޗެނަލެކެވެ.

ޑޭމް ހަލާކުމުން ޑްނިޕްރޯ ކޯރަށް ވެސް ފެން އެޅެމުންދާތީ މިއީ ޚާރްސަން ސިޓީއަށް ވެސް ފެންބޮޑުވުމުގެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ވަނީ ބެލެވިފަ އެވެ. ޚާރްސަންއަކީ ހަމަލާތައް އެންމެ ވަރުގަދައަށް ބަދަލުކުރެވެމުންދާ ސަރަހައްދެވެ.

ރަޝިޔާއިން ވަނީ އެ ޑޭމް ހަލާކުކޮށްލި ކަމުގެ ތުހުމަތު ދޮގުކޮށް، އެއީ ޔޫކްރެއިން އިން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

މީގެ ސަބަބުން ޔޫކްރެއިންގައި ހުރި ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ހަކަތައިގެ ޕްލާންޓަށް ވެސް ގެއްލުން ވެދާނެ ކަމުގެ ބިރު އެބައޮތެވެ. ނަމަވެސް މިވަގުތު އެތަނުގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެ ޕްލާންޓަށް "ވަގުތީ ނިއުކްލިއާ ސޭފްޓީ ރިސްކެއް" ނެތް ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެ އެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ފުރިހަމައަށް އަރައިގަތްތާ މާގިނަ ދުވަހެއް ނުވެ ރަޝިޔާގެ ސިފައިން އަތުލައިގަތް ޑޭމްއާ ކައިރީގައި ދިރިއުޅޭ ލޯކަލް ރެސިޑެންޓެއް އަންޑްރީ ބުނީ ރަޝިޔާއިން ބޭނުންވަނީ އޭނާގެ ސިޓީ "ޣަރަގު" ކުރަން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު ޑޭމް ފަޅައިގެން ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވި ނަމަވެސް ޔޫކްރޭންގެ އަސްކަރީ ޖާސޫސީ އިދާރާއިން ވަނީ ރަޝިޔާއިން ގަސްތުގައި އެ ޑޭމް ގޮއްވާލި ކަމަށް ތުހުމަތުކޮށްފަ އެވެ.

ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް ދިއުމަށް ޑޭމްގެ މަތީގައި އޮންނަ މަގު ޔޫކްރެއިނުން ބޭނުން ކުރާނެ ކަމުގެ ބިރު ރަޝިއާއަށް އޮވެ އެވެ.

The post ޔޫކްރެއިންގެ ޑޭމެއް ހަލާލުކޮށްލުމުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ first appeared on Thiladhun.



More from Thiladhun