ރައްކާތެރިކަން ކަށަވަރުކުރެވި ޤައުމުތަރައްގީ ވާނީ ރައީސަށް ދެވަނަ ދައުރެއް ދީގެން: އިމްރާން

Mon, 05 Jun 2023 10:52 AM

View on this article on Thiladhun

ރައްކާތެރިކަން ކަށަވަރުކުރެވި ޤައުމުތަރައްގީ ވާނީ ރައީސަށް ދެވަނަ ދައުރެއް ދީގެން: އިމްރާން

މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ލިބި ޤައުމުތަރައްގީ ވާނެ ފޯމިއުލާއަކީ ރައީސް ޞާލިޙްގެ ސަރުކާރަކަށް ދެވަނަ ދައުރެއް ދީގެން ކަމަށް ހޯމް މިނިސްޓްރު އިމްރާން އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިހާރު މިހިންގާ ސަރުކާރުގެ މުހިންމު ބައިވެރިއެއް ކަމަށްވާ އަދާލަތު ޕާޓީ (އޭޕީ) ގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާން މިއަދު ވިދާޅުވީ، މުޖުތަމައުގެ މަސްލަހަތާއި، ހަމަޖެހުމާއެކު ފަރުދުންގެ ރައްކާތެރިކަމަށް ކަށަވަރުކުރުމުގެ ގޮތުން ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ޞާލިޙްގެ ސަރުކާރު އައު ދައުރަކަށް އިންތިޚާބުކޮށްގެން ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު އޭނާގެ އަދާލަތު ޕާޓީ ވަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށް އައު ދައުރެއްގެ ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އިއްތިހާދު ވެފައެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

The post ރައްކާތެރިކަން ކަށަވަރުކުރެވި ޤައުމުތަރައްގީ ވާނީ ރައީސަށް ދެވަނަ ދައުރެއް ދީގެން: އިމްރާން first appeared on Thiladhun.



More from Thiladhun