ހަތަރު ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް

Sun, 04 Jun 2023 11:40 PM

View on this article on Thiladhun

ހަތަރު ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް

އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް 4 ރަށެއްގައި ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ.

ތިމާވެެއްޓާއި ބެހޭ ވުޒާރާ އިން ބުނީ މިއީ ރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ. ލަންދޫ، ތ. ބުރުނީ އެ އަތޮޅު މަޑިފުށި އަދި ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ކަނޑައަޅައިފައިވާ ކަމަށާއި މި އައިސް ޕްލާންޓްތަކެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއި އެކު ސޮއި ކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" ކިޔާ ކުންފުންޏަކާ ކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ނ. ލަންދޫ، ތ. މަޑިފުއްޓާއި ވިލުފުށީ ގައި 15 ޓަނުގެ އައިސްޕްލާންޓާއި 30 ޓަނުގެ ސްޓޯރޭޖާއެކު ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ތ. ބުރުނީގައި 5 ޓަނުގެ އައިސް ޕްލާންޓާއި 15 ޓަނުގެ ސްޓޯރޭޖާއެކު ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ.

އެ ވުޒާރާ އިން ބުނީ މި މަސައްކަތް ނިންމުމަށް 240 ދުވަސް ދީފައިވާ ކަމަށާއި މިއީ 1،773،242.93 (އެއްމިލިއަން ހަތްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ސާޅީސް ދެ އެމެރިކާ ޑޮލަރު ނުވަދިހަ ތިން ސެންޓް) ގެ މަޝްރޫއެއް ކަމަށެވެ.

މިކަމުގެ ފަހުމުނާމައިގާ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ.

މި ރަސްމިއްޔާތުގައި ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ އާއި އެ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އައިސްޕްލާންޓް ޤާއިމުކުރާ 04 ރަށުގެ ކައުންސިލް މެމްބަރުންނާއި ތ. އަތޮޅު ކައުންސިލުގެ ރައީސް ވެސް ބައިވެވަޑައިގެންނެވިއެވެ.

The post ހަތަރު ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް first appeared on Thiladhun.



More from Thiladhun