ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް

Fri, 26 May 2023 11:40 PM

View on this article on Thiladhun

ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" މިއަދު ކުޅުނު މެޗުތައް ހއ.އަތޮޅު ހޮސްޕޮޓަލު ޓީމާއި ރޯޑް ރިކްރިއޭޝަން ކުލަބުން ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލާއި ފެނަކައެވެ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަތޮޅު ހޮސްޕިޓަލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަތޮޅު ހޮސްޕޮޓަލް ޓީމުގެ ޖޯޒީ ނަމްބަރު 13، ފަތުހުﷲ ޖަމީލެވެ.

މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ރޯޑް ރިކްރިއޭޝަން ކުލަބާއި ދިއްދޫ ކައުންސިލު ޓީމެވެ. މި މެޗު 14-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ރޯޑް ރިކްރިއޭޝަން ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރޯޑް ރިކްރިއޭޝަން ކުލަބުގެ ޖޯޒީ ނަމްބަރު 19، ނޫމާން އިސްމާއިލް އެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާ ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ދިއްދޫ ޕޮލިސް ކުލަބާއި ރޯޑް ރިކްރިއޭޝަން ކުލަބެވެ. ދެވަނަ މެޗުގައި ތިލައުތުރު ރިކްރިއޭޝަން ކުލަބް ނުކުންނާނީ ހއ.އަތޮޅު ހޮސްޕިޓަލް ޓީމާއި ދެކޮޅަށެވެ.

މިއީ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދި ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.

The post ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް first appeared on Thiladhun.



More from Thiladhun