ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

Fri, 26 May 2023 11:00 AM

View on this article on Thiladhun

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 10,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އެޅުމާއި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްކޮށްފައެވެ. އަދި 142 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 44.8 މިލިއަން ރުފިޔާއަށެވެ.

ކުރެންދޫއަކީ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ދިމާވެފައިވާ ރަށެކެވެ. 2021 ވަނަ އަހަރުގެ ސެމްޓެމްބަރު މަސްތެރޭގައި އެ ރަށަށް އުދަ އެރުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުން ލިބި، މޫދާ ކައިރީގައި ހަދާފައިވާ ރީތި ފުޓްބޯޅަ ދަނޑު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

އެމްޓީސީސީން ބުނީ 2،094 މީހުން ދިރިއުޅެމުންދާ ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން ކުރެންދޫގެ ވަށައިގެން ގިރަމުންދާ ހުރިހާ ސަރަހައްދެއްހެން ރަށް ގިރުމުން ހިމާޔަތްކުރެވިފައިވާ ކަމަށާއި އެއީ ހަމަގައިމުވެސް ކުރެންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

The post ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި first appeared on Thiladhun.



More from Thiladhun